އިނގިރޭސި ލީގުގައި ޗެލްސީ އާއި ވުންވަރހެމްޓަން ވޮންޑަރަރސް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މިމެޗް އެއްވަރު ވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މިމެޗްގައި ޗެލްސީއިން ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ޗެލްސީގެ އެންޓޯނިއޯ ރުޑިގަރ އާދި ކެލުމް ހަޑްސަން އޮޑޯއި ފޮނުވާލި ދެ ހަމަލާއެއް ވުލްވްސްގެ ކީޕަރ ރުއި ޕެޓްރީޝިއޯ ދިފާއު ކުރި އިރު ބެން ޗިލްވެލްއަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށެވެ.
ވުލްވޯސް އެންމެ ފަހުން ކުޅުނު 5 މެޗުން އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ 2 ޕޮއިންޓެވެ. އަދި މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ގެ ފަހުން ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ނިންމާލެވުނު ފުރަތަމަ މެޗެވެ. ޗެލްސީ ލީގުގެ އަށް ވަނައިގައި އޮތީ 20 މެޗުން ލިބުނު 30 ޕޮއިންޓާ އެކު އެވެ.
ކޮމެންޓު ފޮނުވާ