މާލެސިޓީގެ ޗާޓެއްގައި ފައްޅިއެއްގެ ނަމުން ލޭބަލްކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލެސިޓީގެ ޗާޓެއްގައި ފައްޅިއެއްގެ ނަމުން ލޭބަލްކުރި މައްސަލައެއް ފެންމަތިވެއްޖެ

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 12:35
0
މާލެސިޓީގެ ޗާޓެެއްގައި ފައްޅިއެއްގެ ނަން ހިމަނާފައިވާކަމަށް ބުނެ ބައެއް އިލްމުވެރިންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މާލޭގެ ޗާޓެއްގައި ޣައިރު ދީނުގެ މީހުން އަޅުކަންކުރާ ތަނެއްގެ ނަން ދީފައިވުމާއި ގުޅިގެން އެކަން ބަލައިދިނުމަށް ޚިޔާލުފާޅުކުރާ މީހުން ގޮވާލާފައިވެއެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެކަން ފުލުހުންގެ ސަމާލުކަމަށްވެސް އައިސްފައިވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
މާލެސިޓީގެ ޗާޓެެއްގައި ފައްޅިއެއްގެ ނަން ހިމަނާފައިވާކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނައިރު، ފަހަކަށް އައިސް ދީނަށް ފުރައްސާރަކުރުމާއި ޣައިރު ދީންތަކުގެ ނަމުގައި ޚިޔާލު ފާޅުކުރާ މީހުން ސޯޝަލް މީޑިއާގައި ދަނީ ފެންނަމުންނެވެ. ފުލުހުން ވެސް ބުނެފައިވަނީ ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ހަރުކަށި ފިކުރުތަކަށް ހިތްވަރުދޭ މީހުން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.