އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިރޭ ދޫނިދުއަށް ބަދަލުކޮށްފިއެވެ.
ޝުޖާޢުގެ ޤާނޫނީ ވަކީލު ވިދާލުވީ އެދެމީހުން މިރޭގެ އިރާކޮޅު ދޫނިދޫއަށް ބަދަލުކޮށްފައިވާކަމަށާއި، މިރޭ އެމީހުން ދޫކޮށްލުމަށް ހަމަޖެހިފައިނުވާކަމަށެވެ. ނަމަވެސް މުޒާހަރާގައި ހައްޔަރުކުރި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވަނީ ދޫކޮށްލާފައެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިޙްތިޖާޖަކީ ސުލްހަވެރިކޮށް ކުރިއަށްގެންދާ އިހުތިާޖުތަކެއްކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނީ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު ދުރާލާ ދިނުމަށްފަހުއެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުންދާ ހަރަކާތްތަކެކެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުހުކުމް ހައިކޯޓުން ދެމެހެއްޓުމުން އެޕާޓިން މުޒާހަރާކުރަން ނިންމީއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުޚާރަށް ފާޑުކިޔާ އަޑުފުލަމުންނެވެ.
އެއްވިމީހުން ދަނީ މަގުތަކުގައި ވެކްސިން ޖެހުމަށް ދެކޮޅު ހެދުމަށާއި، ވެކްސިންގެ މައުލޫމާތު ހާމަކަން ބޮޑުކޮށް ދިނުމަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ