ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމްވެސް ހައްޔަރުކޮށްފި

ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމްވެސް ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2021 10:26
0

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ އިޙްތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.

އިޙްތިޖާޖުގެ ތެރެއިން ޝިޔާމް ހައްޔަރުކޮށްފައިވާއިރު، ޕީޕީއެމްގެ ނާއިބު ރައިސް އިބްރާހީމް ޝުޖާޢުއާއި، އިދިކޮޅޫ ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢައްބަުއްރަހީމް ޢަބްދުﷲވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން ދޫކޮށްލާފައެއް ނުވެއެވެ. އަދި އެނޫންވެސް އިޙްތިޖާޖުގެ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިދިކޮޅުނ ްކުރިއަށްގެންދާ އިޙްތިޖާޖަކީ ސުލްހަވެރިކޮށް ކުރިއަށްގެންދާ އިހުތިާޖުތަކެއްކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނީ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު ދުރާލާ ދިނުމަށްފަހުއެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުންދާ ހަރަކާތްތަކެކެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުހުކުމް ހައިކޯޓުން ދެމެހެއްޓުމުން އެޕާޓިން މުޒާހަރާކުރަން ނިންމީއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުޚާރަށް ފާޑުކިޔާ އަޑުފުލަމުންނެވެ.

އެއްވިމީހުން ދަނީ މަގުތަކުގައި ވެކްސިން ޖެހުމަށް ދެކޮޅު ހެދުމަށާއި، ވެކްސިންގެ މައުލޫމާތު ހާމަކަން ބޮޑުކޮށް ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.