ޢަބްދުއްރަހީމް ދޫކޮށްލުމަށް ޝިޔާމް ގޮވާލައްވައިފި

ޢަބްދުއްރަހީމް ދޫކޮށްލުމަށް ޝިޔާމް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2021 04:34
0

އިދިކޮޅު ކޯލިޝަނުން ދަރުބާރުގޭ ކުރިމަތީގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ހައްޔަރުކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާން ގޮވާލައްވައިފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، ކޯވިޑް ވެކްސިނާއި ގުޅިގެން ސަރުކާރުން ސިޔާސީ މަޤްޞަދެއްގައި ބޮޑެތި އޮޅުވާލުންތަކެއް ރައްޔިތުންނަށް އޮޅުވާލަމުންދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމުން ހައްޔަރުކުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

އަބްދުއްރަހީމް އަބްދުﷲ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ދަރުބާރުގެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން އެ އެންގުމަށް އިޖާބަ ނުދިނުމުންނެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުްދާ ހަރަކާތްތަކެކެވެ. އެއްވި މީހުން ދަރުބާރުގެ ކައިރިން ފަހަތަށް ޖެއްވުމުން މިހާރު އަނެއްކާވެސް މަގުތަކަށް ނިކުމެ ދަނީ އަޑުފުލަމުންނެވެ. މުޒާހަރާގެ އިސްއަފުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިމްއާއި، ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދުވެސް ދަނީ ބައިވެރިވަމުންނެވެ.

އެއްވިމީހުން ދަނީ މަގުތަކުގައި ވެކްސިން ޖެހުމަށް ދެކޮޅު ހެދުމަށާއި، ވެކްސިންގެ މައުލޫމާތު ހާމަކަން ބޮޑުކޮށް ދިނުމަށް ގޮވާލަމުންނެވެ. މިއަދުގެ އެއްވުމުގައި އަދުރޭގެ އިތުރުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާޢުއާއި އެހެން ބައެއް މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.