އިގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅުނު މެޗުން ވެސްޓް ބްރޯމް ބޮޑުތަފާތަކުން ބަލިކޮށް ތާވަލުގެ އެއްވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ސިޓީން މިމެޗު ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި އިލްކާއި ގުންޑޮގާން ސިޓީއަށް ލީޑު ނަގައިދިންއިރު، މެޗުގެ 20 ވަނަ މިނެޓުގައި ޔާއޯ ކަންސޭލޯ ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި ގުންޑޮގާން ސިތީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ރިޔާދު މާރޭޒެވެ.
އަދި މި މެޗުގައި ސިޓީން ކާމިޔާބުކުރި ފަސްވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.
އަނިޔާގެ ސަބަބުން ކެވިން ޑިބްރޭނާ ނުލައި ކުޅުނު މި މެޗުގައި ސިޓީން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ތައުރީފުކޮށްފައެވެ.
ކޮމެންޓު ފޮނުވާ