އިރާން ސަރުކާރުން މިހާރުވަނީ ސިގްނަލް އެޕްލިކޭޝަންވެސް ބްލޮކް ކޮށްފަ

އިރާނު ސަރުކާރުން ސޯސަލް މީޑީއާ އެޕްލިކޭޝަން ސިގްނަލް ބްލޮކް ކޮށްފި

އިރާނު ސަރުކާރުން ސޯސަލް މީޑީއާ އެޕްލިކޭޝަން ސިގްނަލް ބްލޮކް ކޮށްފި

ފޭސްބުކްއިން ގަނެފައިވާ ވަޓްސްއަޕް އެޕްލިކޭޝަންގެ ޒާތީ ރައްކާތެރިކަމަށް އިތުބާރު ނުކުރެވިގެން، އިރާނުގެ ގިނަ އަދަދެއްގެ ރައްޔިތުން، ސޯޝަލް މީޑިއާ އެޕްލިކޭޝަން ސިގްނަލް ބޭނުން ކުރަން ފެށުމާއެކު، އެގައުމުގެ ސަރުކާރުން ސިގްނަލް ބްލޮކް ކޮށްފިއެވެ.

ވަޓްސްއަޕް އެޕްލިކޭޝަންއިން، މިމަހުގެ ކުރީކޮޅު އާންމު ކޮށްފައިވާ ޕްރައިވެސީ ޕޮލިސީގައި، އެ އެޕްލިކޭޝަންގެ ޑާޓާތައް ރައްކާކޮށް ބެލެހެއްޓުމުގައި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ މައުލޫމާތުތަކަށް އިތުރަށް ސަމާލުކަން ދިނުން ހިމަނާފައި ވުމާއިގުޅިގެން، އެންކުރިޕްޓް ކޮށްފައިވާ (ދެފަރާތުން ދައްކާ ވާހަކަތައް، 3 ވަނަ ފަރާތަކާއި ހަމައަށް ނުފޯރާގޮތަށް ރައްކާތެރިކުރުން) އިތުބާރުހުރި މުއާމަލާތަކަށް ބަރޯސާވުމުގެ ގޮތުން، އިރާނުގެ ގިނައަދަދެއްގެ ރައްޔިތުން ސިގްނަލް އެޕްލިކޭޝަން ބޭނުން ކުރަންފަށާފައި ވަނިކޮށް، މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން ވަނީ، މިހަފްތާގެ ހޯމަދުވަހުން ފެށިގެން ސިގްނަލް ބޭނުންކުރުމުގައި މައްސަލަތައް ކުރިމަތިވާން ފަށާފައިވާކަމަށް ބުނެފައެވެ.

ސިގްނަލްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އިރާނުގެ މީހުންގެ އެޕް ސްޓޯރުތަކުގައި އެގައުމުގައި އެންމެ ގިނަމީހުން ޑައުންލޯޑް ކޮށްފައިވާ އެޕްލިކޭޝަންއަކީ ސިގްނަލް ކަމަށް ވެފައި ވަނިކޮށް، އެ ޕްލެޓްފޯމުން މިހާރުދަނީ އިރާނުން އެޕްލިކޭޝަން ބްލޮކް ކޮށްފައިވާ ވުން ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

"އެޕްލިކޭޝަން ރެޖިސްޓަރ ކުރުން ނުހުއްޓުވިގެން، އިރާނުގެ، ސެންސަރުކުރާ ފަރާތްތަކުން ދަނީ، ސިގްނަލް އެޕްލިކޭޝަންގެ ޓްރެފިކް ހުއްޓުވަމުން،" ސިގްނަލް ޕްލެޓްފޯމުން ޓުވީޓް ކޮށްފައި ވެއެވެ. "އިރާނުގެ ރައްޔިތުންނަށް އެމީހުން ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވޭ. އަހަރުމެން އުއްމީދު ކަޑައެއް ނުލަން،" މި ޓުވީޓުގައި އިތުރަށް ބުނެފައި ވެއެވެ.

ޖެނުއަރީމަހުގެ 14 ވަނަ ދުވަހު އިރާނުގައި ގޫގްގުލް ޕްލޭގެ ގޮތުގައި ބޭނުން ކުރަމުންދާ އެޕް ސްޓޯރު "ކެފޭ ބާޒާރު" އާއި އެހެން މަޝްހޫރު އެޕް ސްޓޯރެއް ކަމުގައިވާ "މައިކެޓް"އިންވެސް ސިގްނަލް އެޕްލިކޭޝަން ނެގުމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ވަނީ އަންގާފައެވެ.

އިރާނުގައި ސިގްނަލް ޑައުންލޯޑް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ފެންނަން ހުންނަ މެސަޖަކީ، "އަހަރުމެންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ބަލައިގަންނާތީ ވަރަށް ބޮޑަށް ޝުކުރުވެރި ވަން،" މި މެސެޖެވެ.

"އައިރު ގާނޫނީ މައުލޫމާތު" ހޯދާ ބެލުމަށް އިރާނުގައި އައްޔަން ކޮށްފައިވާ ކޮމިޓީގެ ސަމާލުކަމަށް ދާދިފަހުން ސިގްނަލް އެޕްލިކޭޝަން ވަނީ ގެނެސްފައެވެ. މި ކޮމިޓީ އެކުލެވިގެންވަނީ، އިރާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ޝަރުޢި ދާއިރާ ތަމްސީލުކުރާ ފަރާތްތަކާއި، ކޮމިއުނިކޭޝަން މިނިސްޓްރީއާއި، ސަލާމަތީ ޚިދުމަތްތަކާއި، ގާނޫނު ހަދާ މަޖިލިހުގެ އިތުރުން އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ހިމެނޭ ގޮތަށެވެ.

އިރާނު ސަރުކާރުގެ ތަރުޖަމާން ގޮލާމްހުސެއިން އިސްމާއިލީ ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރު އާ ޗީފް ޖަސްޓިސް އިބްރާހިމް ރައިސީ މަގާމާ ހަވާލުވުމަށްފަހު، އެގައުމުގެ ޖުޑިޝަރީން އެއްވެސް ނޫސް މީޑިއާއެއްވެސް، އަދި ސޯޝަލް މީޑިއާ އެޕްލިކޭޝަނެއްވެސް ބްލޮކް ކޮށްފައި ނުވާނެކަމަށެވެ.

އެހެންނަމަވެސް، އިރާނުގައި މިހާރު ބޭނުންކުރެވޭ ހަމައެކަނި ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ، ވަޓްއަޕްއާއި އިންސްޓަގްރާމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *