ދިވެހި ޕްރެމިއާ ލީގުގެ ދެ ވަނަ ބުރު ފަށައިދޭނީ އެންމެ ކުރީގައިވާ ދެ ޓީމު ކަމަށްވާ ޗެމްޕިއަން މާޒިޔާ އާއި ކްލަބް ވެލެންސިއާ ކަމުގައި ހަމަޖައްސައިފި އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރެފައިވާ ދެ ވަނަ ބުރުގެ ތާވަލުގައިވާ ގޮތުން މާޒިޔާ އާއި ވެލެންސިއާގެ މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ. މާދަމާ ރޭ ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ގްރީން ސްޓްރީޓްސް އެވެ. ފުރަތަމަ ބުރު މާޒިޔާ އެންމެ ކުރީގައި އޮވެގެން ނިންމާލީ 15 ޕޮއިންޓާއެކުގައެވެ. ވެލެންސިއާ އާއި ތިން ވަނާގައިވާ ދަގްރާންޑޭ އަށް ލިބުނީ 12 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ދެ ވަނަ އަށްދިޔައީ ވެލެންސިއާ އެވެ. ހަތަރުވަނަ ލިބުނީ ޓީސީ އަށެވެ. އެއީ އަށް ޕޮއިންޓާއެކުގަ އެވެ.
ފުރަތަމަ ބުރުން ފަސް ވަނަ އަށްދިޔައީ ސަސް އެވެ. ހަ ވަނަ ގްރީން އަށެވެ. މި ދެ ޓީމު އަށް ޕޮއިންޓުން ހަމަހަމަވި ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ ސަސް އަށެވެ. ހަތް ވަނާގައިވަނީ ފަސް ޕޮއިންޓާއެކު އީގަލްސް އެވެ. ޓޭބަލުގެ ފުުލުގައިވަނީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ފުރަތަމަ ބުރުގަ މި މާޒިޔާ އާއި ވެލެންސިޔާ ބައްދަލު ކުރިމެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން ނެވެ.
ކޮމެންޓު ފޮނުވާ