ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ތުރުކީގެ ފެނަބާޗޭއަށް ސޮއިކޮށްފިއެވެ.
ފެނަބާޗޭއާއެކު ތިން އަހަރާ ބައިގެ އެއްބެސްވުމެއް ދަށުން އޮޒިލް ސޮއިކުރީ އާސެނަލްއާއެކު ހަދަފައިވާ އެއްބަސްވުން އުވާލުމަށްފަހު އެވެ. އޮޒިލް އާސެނަލުގެ އެއްބަސްވުން އުވާލިއިރު، އޭނާ އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހުގައެވެ. އަދި މި ސީޒަނުގެ އިނގިރޭސި އިނގިރޭސި ޕްރިމިއާ ލީގާއި ޔުއެފާ ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލް ވަނީ ބާކީކޮށްފައެވެ.
އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި މީގެ ކުރިން ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ. މި ސީޒަން ފެށުމުގެ ކުރިން އާސެނަލުން އޮޒިލް ދޫކޮށްލަން މަސައްކަތް ކުރި ނަމަވެސް، އެއްބަސްވުން ނިމުމުގެ ކުރިން އާސެނަލް ދޫކޮށްލަން އޮޒިލް މީގެ ކުރިން ވަނީ ދެކޮޅު ހަދާފައެވެ.
ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލާ ގުޅުނު އޮޒިލް އެ ކުލަބުގައި މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ އާސެނަލަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ