ޖަރުމަނު ލީގުގައި އެންމެ ގިނަ މެޗުގައި ގޯލެއް ވަނަނުދީ ހިފަހައްޓައި ޖަރުމަނުގެ މަޝްހޫރު ގޯލްކީޕަރު އޮލިވާ ހާން ހަދާފައިވާ ކްލީންޝީޓް ރެކޯޑް ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ރޭ މުގުރާލައިފި އެވެ.
ޖަރުމަނުގެ ބަޔާން އާއި ކާލްސްރުއާ އަށް 1987-2008 އަށް 557 މެޗުން 196 ކްލީންޝީޓްސް ހޯދައިގެން ހާން ހެދި ރެކޯޑް ނޯޔާ މުގުރާލީ ޖަރުމަނު ލީގުގައި ޝާލްކާ އަތުން 4-0 އިން ބަޔާން މޮޅުވި މެޗުގަ އެވެ. ނޯޔާ 197 ކްލީންޝީޓްސް ފުރިހަމަކުރީ ބަޔާން އާއި ޝާލްކާ އަށް ކުޅެދިން 423 މެޗުންނެވެ.
މިދިޔަ އަހަރުގެ ފީފާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އުމުރުން 34 އަހަރުގެ ނޯޔާ ބަޔާން އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ