ގަޓާފޭ ބަލިކޮށް ބިލްބާއޯ ލީގުގެ ކުރިޔަށް

ގަޓާފޭ ބަލިކޮށް ބިލްބާއޯ ލީގުގެ ކުރިޔަށް

Author
އިބްރާހީމް ސާޢިދު
26 ޖެނުއަރީ 2021 12:15
0

ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯ އާއި ގެޓާފޭ ބައްދަލުކުރިމެޗް ފަސޭހަ ކަމައެކު ބިލްބާއޯ ކާމިޔާބުކޮށްފިއެވެ.

ބިލްބާއޯ މެޗު ކާމިޔާބުކުރީ 5-1 ލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނެޓްގައި ޖައިދިނީ ގެޓާފޭގެ މާރކް ކުސުރެއްޔާއެވެ. މިމެޗްގައި ބިލްބާއޯގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖައިދިނީ ރައުލް ގާސިއާއެވެ. މިމެޗްގައި ބިލްބާއޯއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީ ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނެޓްގައި ޔެރޭ އަލްވަރޭޒް ޖައިދިން ލަނޑުންނެވެ.

ތިންވަނަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖައިދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ގާސިއާއެވެ. ބިލްބާއޯގެ ހަތަރު ވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި އެލެހަންދްރޯ ބެރެންގުއޭ ރެމީރޯ ޖަހައިދިން އިރު ފަހުލަނޑު 82 ވަނަ މިނެޓްގައި ޖަހައިދިނީ އޮސްކަރ ޑި މާކަސްއެވެ.

މި މޮޅާއެކު ބިލްބާއޯ މިހާރުވަނީ ޕޮއިންޓް ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 19 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކުއެވެ. އަދި ގެޓާފޭ އުޅެނީ ކުޅުނު 19 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.