ރާއްޖެއިން އިތުރު 49 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ޕޮޒިޓިވްވި 49 މީހުންގެ ތެރެއިން 43 މީހުންނަކީ ގްރޭޓާ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން 6 މީހަކު ޕޮޒިޓިވްވިއިރު އެކަކު ފިޔަވައި އެންމެން ޕޮޒިޓިވް ވެފައިވަނީ ރިސޯޓުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. އަދި 16 މީހުންނަކީ ބިދޭސީންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 10943 އަށް އަރާފައެވެ. އޮގަސްޓްމަހުގެ މިހާތަނަށް 650 މީހުން މިވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ. މިދިޔަ ސެޕްޓެމްބަރުމަހު މި މުއްދަތުގައި ޕޮޒިޓިވް ވެފައިވަނީ 1886 މީހުންނެވެ. ރާއްޖެއިން މިއަދު ވަނީ 41 މީހަކު ބަލިން ރަނގަޅުވެފަ އެވެ. މިއާއިކު ރާޢްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 9783 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ކޯވިޑްގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައިވަނީ 35 މީހެކެވެ.
✳️ COVID-19 Case Updates
As of 12.10.2020, 06:00 PM
Confirmed an additional 49 cases of COVID-19 infections in Maldives
– 33 Locals
– 16 ForeignersTotal number of cases: 10,943 pic.twitter.com/EECHlZQwkx
— Health Protection Agency (@HPA_MV) October 12, 2020
ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 6 ޤައުމަކަށް ނިސްބަތްވާ މީހުން ހިމެނެވެ. މިއަދު ދިވެހިންގެ 33 މީހުންގެ އިތުރުން ދެން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ 7 މީހަކާއި، އިންޑިޔާ 4 މީހަކާއި، ސްރީލަންކާ 2 މީހަކާއި، ރަޝިއާއި، ނޭޕާލްގެ އިތުރުން އީރާންގެ މީހެކެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއިދެމުންދާއިރު، ބައްޔާއިމެދު އެއްވެސް ވަރަކަށް ފަރުވާކުޑަ ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މިބައްޔަކީ އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވުމުން އަމިއްލަ ސާފުތާހިރުކަމަށާއި، އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކށޮށްފަ އެވެ.
ކޮމެންޓު ފޮނުވާ