"ދަ ވައިޓް ޓައިގާ" އަށް ތައުރީފް އޮހެނީ!

"ދަ ވައިޓް ޓައިގާ" އަށް ތައުރީފް އޮހެނީ!

ފިލްމު "ދަ ވައިޓް ޓައިގާ" ގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ދެއްކި ފުރިހަމަ އެކްޓިންއަށް އިންޑަސްޓްރީގެ މީހުންނާއި ފޭނުންގެ ތައުރީފު ލިބެމުންދާއިރު، ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސް ގެ އާއިލާއިންވެސް ވަނީ ޕްރިޔަންކާއަށް ތައުރީފުގެ މެސެޖުތައް ފޮނުވާފައެވެ.

އެގޮތުން ނިކް ޖޯނަސްގެ ކޮއްކޮ ފްރޭންކްލިން ޖޯނަސް އޭނާގެ އިންސްޓާގުރާމުގައި ފިލްމުގެ ޕޯސްޓަރ ގެ ފޮޓޯއެއް ހިއްސާކުރަމުން، ޕްރިޔަންކާ އާ "މެދު ފަހުރުވެރިވާ ކަމަށާއި ވަރަށް ލޯބިވާކަމަށް" ވަނީ ލިޔެފައެވެ.

އެއާއެކު ޕްރިޔަންކާގެ ބަފައިބެ ކެވިން ޖޯނަސްވެސް އޭނާގެ އިންސްޓަގްރާމުގައި "ދަ ވައިޓް ޓާއިގާ" ގެ ޕޯސްޓާރ ފޮޓޯއެއް ހިއްސާކުރަމުން އެންމެންވެސް މި ފިލްމު ބެލުމަށް ވަނީ ބުނެފައެވެ. އަދި ޕްރިޔަންކާގެ ޕޯސްޓެއްގައި ވެސް ކެވިން ވަނީ ޕްރިޔަންކާގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށާއި ޕިންކީގެ ކެރެކްޓާއަކީ ވަރަށް ހިތްދަތި އަދި ނަމޫނާ ރޯލެއްކަމަށާއި ފިލްމު ކަމުދިޔަކަމަށް ބުނެ ކޮމެންޓުކޮށްފަ އެވެ.

ދުވަސްކޮޅެއް ކުރިން ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސްވެސް ފިލްމަށް އަދި ޕްރިޔަންކާގެ އެކްޓިންއަށް ތައުރީފުކޮށް ލިޔެފައިވަނީ ފިލްމު މިހާރު ނެޓްފްލިކްސް އިން ފެންނާނެކަމަށާއި އަނބިމީހާ އާއި މެދުގައި ފަހުރުވެރި ވާކަމަށެވެ. އަދި އެންމެން މި ފިލްމު ބެލުމަށް އެދި، ފިލްމުގެ ޓީމަށް ވަނީ މަރުހަބާ ކިޔާފައެވެ.

"ދަ ވައިޓް ޓައިގާ" ޑައިރެކްޓުކޮށްފައިވަނީ ރާމިން ބަހްރާނީ އަދި އަދްރަޝް ގޯރަވް އެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ޕްރިޔަންކާ ޗޯޕްރާ އަދި ރާޖްކުމާރް ރާއޯއެވެ. މި ފިލްމަކީ "މޭން ބުކަރ ޕްރައިޒް" ހޯދާފައިވާ ވާހަކައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *