ލިވަޕޫލް ބަލިކޮށް ޔުނައިޓެޑް ފަސްވަނަ ބުރަށް

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑް ފަސްވަނަ ބުރަށް

Author
އިބްރާހީމް ސާޢިދު
25 ޖެނުއަރީ 2021 12:17
0

އިނގިރޭސި އެފް.އޭ. ކަޕްގެ ހަތަރު ވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށް މުބާރާތުގެ ފަސްވަނަ ބުރުން ޖާގަހޯދައިފިއެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލ؛ިވަޕޫލުންނެވެ. މިލަޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަލާހުއެވެ. ސަލާހުގެ ލަޑަށްފަ މެންޗެސްޓައިން ކުޅުން ވަރުގަދަކޮށް، އޭގެ އަށް މިނިޓްފަހުން މެންޗެސްޓަރގެ މޭސަން ގްރީންވުޑްވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަދަށްފަހު މެންޗެސްޓާއިން ކުޅުން އިތުރަށް ރަނގަޅުކޮށް މެޗްގެ 48 ވަނަ މިނެޓްގައި މާކަސް ރަޝްފަޑްވަނީ ލަޑެއްޖަހައި ލީޑް ނަގާފައެވެ.

މިމެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ސަލާއެވެ. މިމެޗުން މެންޗެސްޓަރ މޮޅުވި ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ރޭގެ މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކިން ބްރޫނޯ ފެނާންޑޭޒްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔަރގަން ކްލޮޕްވަނީ އޭނާގެ ޓީމާމެދު ކަންބޮޑު ނުވުމަށް ގޮވާލާފައެވެ. ލިވަޕޫލުން އެންމެފަހުން އެޓީމް ކުޅުނު ހަތް މެޗްގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ. އެއީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަންވިލާގެ ޒުވާން ޓީމާ އެކު ކުޅެ މޮޅުވި މެޗް އެކަންޏެވެ. ކްލޮޕް ހާމަކުރިގޮތުގައި މިމެޗުން ބަލިވި ނަމަވެސް އޭނާގެ ޓީމްގެ ފަރާތުން ރަގަޅު ގިނަ ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށާއި އަދި އޭނާގެ ޓީމް ދަތުރު ކުރަމުންދަނީ ރަގަޅު މިސްރާބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.