ކޮރަލް މަތިވެރި ފުޓްސަލް ލީގު: ބޮޑުތަފާތަކުން މޮޅުވެ ވެލި ބީޗު އެއްވަނައިގައި ހަމަޖެހިލައިފި

ކޮރަލް މަތިވެރި ފުޓްސަލް ލީގު: ބޮޑުތަފާތަކުން މޮޅުވެ ވެލި ބީޗު އެއްވަނައިގައި ހަމަޖެހިލައިފި

Author
މުޙައްމަދު ޝަޒައިމް
24 ޖެނުއަރީ 2021 07:38
0

ކޮރަލް މަތިވެރި ފުޓްސަލް ލީގުގައި ދެވަނަ ބުރުގެ ފަހު މެޗުގައި ބޮޑުތަފާތަކުން މޮޅުވެ ވެލި ބީޗުން ލީގުގެ އެއްވަނައިގައިި ހަމަޖެހިލައިފިއެވެ.

މިމެޗު ވެލި ބީޗުން ކާމިޔާބުކުރީ ރިވެލި ރިޓްރީޓާއި ބައްދަލުކޮށް، 7 ލަޑު 1 ލަޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިމެޗުގައި ވެލި ބީޗުންވަނީ ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ކުޅެފައެވެ.

މެޗުގައި ވެލި ބީޗަށް ޝާހިދު ވަނީ 4 ގޯލު ޖަހާފައެވެ. ވެލި ބީޗުގެ ވަޖީހު ދެގޯލު ޖެހިއިރު، އަނެއް ގޯލަކީ ރިވެލި ރިޓްރީޓުގެ މާހިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިމެޗުގައި ރިވެލި ރިޓްރީޓުން ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ މާހިލް އެވެ. ލީގުގެ ފަހު ބުރުގެ ކުޅުން ފެށޭނީ 28 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުއެވެ. ލީގުގެ ފަހު ބުރުގެ ކުޅުން ފެށޭނީ 28 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ވެލި ބީޗަށް 4 ދެގޯލް ކާމިޔާބު ކޮށްދީ މެޗުގައި މޮޅު ކުޅުމެއްދެއްކި ޝާހިދު އެވެ. މިނަތީޖާއާއިއެކު ވެލި ބީޗު ވަނީ ލީގުގެ އެއްވަނައިގައި 15 ޕޮއިންޓާއިއެކު ހަމަޖެހިލާފައެވެ. މިމެޗުން ބަލިވި ރިވެލި ރިޓްރީޓް އޮތީ 6 ޕޮއިންޓާއިއެކު ޓޭބަލްގެ 3 ވަނާގައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.

މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.

މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންދަމުންދާ ދެ ގްރޫޕެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.