ކޮރަލް މަތިވެރި ފުޓްސަލް ލީގުގައި ވޭލިއަންޓު ކުޅުނު މެޗުން މޮޅުވެ ދެވަނަ ބުރު ނިންމާލައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ވޭލިއަންޓުން ކާމިޔާބު ކުރީ 4 ލަޑު 1 ލަޑުންނެވެ. މިމެޗުގައި ވޭލިއަންޓްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ސެކަންޑްހޯމްގެ ގޯލްކީޕަރުވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.
މެޗުގައި އަލްސަން ވަނީ ވޭލިއަންޓަށް ދެގޯލް ކާމިޔާބު ކޮށްދީފައެވެ. ވޭލިއަންޓަށް އަނެއް ދެ ލަޑު ޖަހައިދިނީ އާސިމް އާއި މިދުހަތެވެ. މެޗުގައި ސެކަންޑް ހޯމް ރެސްޓޯރެންޓުގެ ހަމަ އެކަނި ގޯލު ޖަހައިދިނީ ހުސެއިން ނަޝީދެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ވޭލިއަންޓަށް ދެގޯލް ކާމިޔާބު ކޮށްދީ މެޗުގައި މޮޅު ކުޅުމެއްދެއްކި އަލީ އަލްސަން އެވެ. މިނަތީޖާއާއިއެކު ސެކަންޑް ހޯމްވަނީ ލީގުގެ އެންމެ ފުލަށް ވެއްޓިފައެވެ. ސެކަޑް ހޯމް ރެސްޓޯރެންޓް ޓޭބަލްގެ ފުލުގައި އޮތީ 3 ޕޮއިންޓާއިއެކުގައެވެ. މިމެޗުން މޮޅުވި ވޭލިއަންޓުވަނީ 9 ޕޮއިންޓާއިއެކު ޓޭބަލުގެ 2 ވަނައިގައި ހަމަޖެހިލާފައެވެ. ދެވަނަ ބުރު ނިމުނުއިރު ވޭލިއަންޓަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ޓީމެވެ. އެޓީމުން ވަނީ 14 ގޯލު ޖަހާފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ. މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ.
https://copafacil.com/-mmktkhzwjwd9g-iinwz
މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.
މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
https://www.facebook.com/Coral-Mathiveri-Futsal-League-20202021-107666694487160/?ti=as
މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންދަމުންދާ ދެ ގްރޫޕެކެވެ.
ކޮމެންޓު ފޮނުވާ