ލީޕްޒީގް އާއި ލެވަކޫސަންއަށް ނާކާމިޔާބު ރެއެއް

ލީޕްޒީގް އާއި ލެވަކޫސަންއަށް ނާކާމިޔާބު ރެއެއް

ޖަރުމަނު ބުންޑަސްލިގާ ގައި ރޭ ލީޕްޒިގް އާއި ލެވަކޫސަން ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ކުޅެ ލީޕްޒިގް ބަލިވީ މެއިންޒްއާ ވާދަކޮށް 3-2 ލަނޑުންނެވެ. މެޗުގައި ދެފަހަރަށް ލީޕްޒިގުން ލީޑު ނެގިނަމަވެސް މެއިންޒް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތިޖާ ހަމަހަމަކޮށްފަ އެވެ. މެޗުން މެއިންޒް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓުގައި، ލިއާންޑްރޯ މާޓިންސް އެވެ.

ލީގުގައި ރޭ ބަޔާ ލެވަކޫސަން ބަލިވީ އަމިއްލަ ދަނޑުގައި ކުޅެ ވުލްފްބާގް އަތުން 1-0 ލަނޑުންނެވެ. ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފްރެއިބާގް ވަނީ ސްޓްރުޓްގާޓްގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ. ހަމަ މި ނަތީޖާއިން އޮގްސްބާގް ވަނީ ޔޫނިއަން ބާލިންގެ މައްޗަށް ކުރި ހޯދާފައެވެ.

އެންޓްރެޗް ފެރެންކްފާޓް ވަނީ ރޭގައި ލީގުގައި ބޮޑު މޮޅެއް ހޯދާފައެވެ. ފްރެންކްފާޓް މޮޅުވީ އަރްމޭނިޔާ ބެއިލަފީލްޑް އަތުން 5-1 ލަނޑުގެ ތަފާތު ބޮޑުކޮށެވެ. ވާޑާ ބެރޭމަން ވަނީ ހާތާ ބާލިން އަތުން 3-0 ލަނޑުން މޮޅުވެފައެވެ.

ރޭގެ ނަތީޖާ އެކު ލީގުގެ ދެ ވަނާގައި ލީޕްޒިގް އޮތީ 35 ޕޮއިންޓާއެކުއެވެ. ބަޔާ ލެވަކޫސަން ތިން ވަނާގައި އޮތީ 32 ޕޮއިންޓާއެކުއެވެ. ރޭގައި ހޯދި މޮޅާއެކު ވުލްފްބާގް ވަނީ 32 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރުވަނައަށް ކުރިޔަށްޖެހިލާފަ އެވެ. ފަސް ވަނާގައި މުންޗެންގްލެބެކް އޮތީ ވުލްފްބާގްއަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *