އެންމެފަހުގެ ޗެމްޕިއަން އާސެނަލް މުބާރާތުން ކަޓައިފި

އެންމެފަހުގެ ޗެމްޕިއަން އާސެނަލް މުބާރާތުން ކަޓައިފި

Author
އިބްރާހީމް ސާޢިދު
24 ޖެނުއަރީ 2021 10:36
0

އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ސައުތެމްޓަން އާއި ވާދަކޮށް ބައިކޮޅަށް ޖެހި ހަމައެކަނި ލަނޑާއެކު އެންމެފަހުގެ ޗެމްޕިއަން އާސެނަލް މުބާރާތުން ކަޓައިފިއެވެ.

ސައުތްހެމްޓަން ގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އާސެނަލް އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ސައުތެމްޓަންގެ ވޯކާ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ގެބްރިއަލްގެ ގައިގަ ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ނަތީޖާއާއެކު ސައުުތެމްޓަން ވަނީ މުބާރާތުގެ ދެެން އޮތް ބުރަށް ދަތުރުކޮށްފަ އެވެ. މި ބުރުގައި އެ ޓީމު ވާދަކުރާނީ ވުލްވްސް އާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.