ސުއަރޭޒް ދެލަނޑާއެކު އެތުލެޓިކޯއިން ލީޑު ފުޅާކޮށްފި

ސުއަރޭޒް ދެލަނޑާއެކު އެތުލެޓިކޯއިން ލީޑު ފުޅާކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2021 11:05
0

ސްޕެނިޝް ލަލީގައި އެއްވަނައިގަ އެތުލެޓިކޯ މެޑްރިޑު މޮޅުވެ ލީގުގެ ކުރިގާ 7 ޕޮއިންޓުގެ ލީޑެއް ފުޅާކޮށްފިއެވެ.

ލަލީގައި ރޭ ރަށުން ބޭރުގައި އެއިބާ އަތުން އެތުލެޓިކޯ މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި އެއިބާއިން ކާމިޔާބު ކުރިއިރު މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކީޕަރު ޑިމިޓްރޯވިޗްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނެލްޓީއަކުންނެވެ. އެތުލެޓިކޯއިން ނަތީޖާ ހަމަހަމަކުރީ ލުއިސް ސުއަރޭޒްއެވެ.

މެޗުން މޮޅުވިލަނޑު ސުއަރޭޒް ކާމިޔާބުކުރީ މެޗުނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނެލްޓީއަކުންނެވެ. މި ނަތީޖާއެކު އެތުލެޓިކޯ އެއްވަނައިގަ އޮތީ ދެ މެޗު މަދުން ކުޅެގެން 44 ޕޮއިންޓާއެކުއެވެ. ދެވަނައިގަވާ ރެއާލްމެޑްރިޑަށް ލިބެނީ 37 ޕޮއިންޓެވެ. ބާސެލޯނާ 34 ޕޮއިންޓާއެކު ތިންވަނައިގަ އޮތް އިރު ހަތަރުވަނާގައިވާ ވިޔަރެއާލް އާއި ފަސްވަނައިގަވާ ސެއްވިޔާއަށް ލިބެނީ 33 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.