ބަހަކާއި ރޭލެއް އެކްސިޑެންޓްވެ ތައިލެންޑްގައި 20 މީހުން މަރުވެއްޖެ

ބަހަކާއި ރޭލެއް އެކްސިޑެންޓްވެ ތައިލެންޑްގައި 20 މީހުން މަރުވެއްޖެ

ތައިލޭންޑުގެ ބުޑިސްޓު ފައްޅިއަކަށް މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހަކާއި ރޭލެއް އެކްސިޑެންޓުވެ 20 މީހަކު މިއަދު މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފއިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ތައިލޭންޑްގެ ވެރިރަށް ބޭންކޮކާއި 63 ކިލޯ މީޓަރު ދުރުގައި، އެގައުމުގެ މެދުތެރޭ ސަރަހައްދުގައި އޮންނަ ޗަޗިޔަންޝޯ އަވަށުގައި އޮންނަ ކޮލޯންގ ވެންގ ކްލާންގ ރެއިލްވޭ ސްޓޭޝަން ކައިރިންނެވެ.

މި އެކްސިޑެންޓް ހިގާފައިވަނީ ތައިލެންޑުގެ ފެކްޓްރީއެއްގައި މަސައްކަތްކުރާ 60 މުވައްޒަފަކު، ބުޑިސްޓު ފައްޅިއެއްގައި އޮތް ދިނީ އިހުތިފާލެއްގައި ބައިވެރިވުމަށް ދަތުރު ކުރުމަށްޓަކާ ރެއިލްވޭ ދަގަޑު ހުރަސްކުރިވަގުތު ރެއިލްވޭގައި ދަރުކުރަމުން އައި ރޭލު ބަހާއި މުޑި އަރައިގެންނެވެ. ރޭލު ބަހުގައި ޖެހުމާއި އެކު ބަސް ބަންޑުންޖެހި އަދި ބަހުގެ މަތީބައި ކުދިކުދިވެ އެތިކޮޅުތައް މުޅި ސަރަހައްދަށް ބުރައިގެން ގޮސްފައިވާކަން ފެންނަން ހުރި ފޮޓޯތަކުން އެގެއެވެ.

އެކްސިޑެންޓް ހިގި ސަރަހައްދުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި ރެއިލް ދަގަޑު ހުރަސްކުރުމުގެ ކުރިން ޓްރެފިކް ސިގްނަލް އަދި އެލާމް އަޅާގޮތަށް ހުރިނަމަވެސް، ރޭލު އަންނަ ވަގުތު ޓްރެފިކް ހުއްޓުވުމަށްޓަކާ އެއްވެސް ހުރަހެއް މި ރޭލު ދަގަޑުގައި ގާއިމް ކުރެވިފައެއް ނުވެއެވެ. ގަވަރުނަރު ވިދާޅުވިގޮތުގައި މިސަރަހައްދުގައި ސްޕީޑް ބްރޭކަރުތައް ހެދުމުގެ އިތުރުން، ރޭލު އަންނަ ވަގުތު ދަގަޑުމަތިން ހުރަސް ނުކުރެވޭ ގޮތް ހެދުމުގެ އިތުރުން ސަރަހައްދު ހާސާ ކުރުމުގެ ގޮތުން ބޮޑެތި ގަސްތައް ކަޑާ ސާފުކުރުމަށް މިހާރުވަނީ ތައްޔާރުވާން ފަށާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ތައްލޭންޑަކީ މުޅި ދުނިޔޭންވެސް ދަތުރުފަތުރު ކުރުމަށް އެންމެ ނުރައްކާތެރި މަގުތައް ހިމެނޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *