ސަސް އަތުން ވެލެންސިޔާއަށް މޮޅެއް ނުވެވުނު

ސަސް އަތުން ވެލެންސިޔާއަށް މޮޅެއް ނުވެވުނު

Author
އިބްރާހީމް ސާޢިދު
21 ޖެނުއަރީ 2021 08:45
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވެލެންސިޔާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

މެޗުގެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ސަސް އިންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި އޭރިއާތެރެއިން ސަސްގެ އަހުމަދު ހަމީދު (އައްމަޑޭ) ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މެޗުގައި ގޯލާ ސީދާކޮށް ދަގަނޑޭގެ ފުރަތަމަ ޝޮޓް ފެނުނީ 36 ވަނަ މިނިޓްގަ އެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ބޯޅަ ދަގަނޑޭ ފޮނުވާލިއިރު އަމާޒުވީ ކީޕަރު މިރްޒޮހިދު އަތަށެވެ. ދެ ވަނަ ހާފްގައި ފުރަތަމަ ފުރުސަތު ލިބުނީ ދަގަނޑޭ އަށެވެ. އޭރިއާތެރެއިން ދަގަނޑޭއަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަށް ފުރުސަތު ގެއްލުނީ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ސެންޓޭ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ހުރަސްދަނޑިއަަށެވެ.

މި ނަތީޖާއާ އެކު ސަސް ވަނީ ހަތަރަކަށް ޖެހިލާފަ އެވެ. އެއީ ކުރިން ހަތަރު ވަނާގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރަށް ޕޮއިންޓް ހޯދި ނަަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ސަސް އަށް މި މެޗާ އެކު ފުރަތަމަ ބުރު ނިމުނުއިރު، ހަތް މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އިން ހަ މެޗުން އަށް ޕޮއިންޓް ހޯދިއިރު، ފުރަތަމަ ބުރުގައި ބާކީ އޮތް މެޗުން އެ ޓީމުގެ ނަތީޖާ ނުކުންނަ ގޮތުން ކުރިއަށް ޖެހިލެވޭނެ އެވެ.

ވެލެންސިޔާ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.