ޔުވެންޓަސް އިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ.
މުބާރާތުގެ ތަށި ޔުވެންޓަސް އިން އުފުލާލީ ފައިނަލްގައި ރޭ ނަޕޯލީ އާ ދެކޮޅަށް ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ބޮޑު ބައި ޔުވެންޓަސް އިން ޑޮމިނޭޓްކޮށްގެން ކުޅުނު އިރު އެ ޓީމުގެ ފުރަތަމަ ގޯލް ރޮނާލްޑޯ ކާމިޔާބުކޮށްދިނީ މެޗު ވަނަ މިނެޓްގަ އެވެ. މި ލަނޑާއެކު އޭނާ ބެލެވިފައިވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއީ ރޮނާލްޑޯގެ ކެރިއަރުގައި ޖެހި 760 ވަނަލަނޑެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. ރޭގެ މެޗުގައި ނަޕޯލީ އަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ނަޕޯލީ އަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ލޮރެންޒޯ އިންސިނޭ އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.
މިއީ ޔުވެންޓަސްއިން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ.
ކޮމެންޓު ފޮނުވާ