ހަފްތާއެއްގެ ތެރޭ ދެމުބާރާތަކުން މެޑްރިޑު ކަޓައިފި

ހަފްތާއެއްގެ ތެރޭ ދެމުބާރާތަކުން މެޑްރިޑު ކަޓައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 08:12
0

ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ތިންވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވީ އަލްކޮޔާނޯއާ ވާދަކޮށް 2-1 ލަނޑުންނެވެ. ގިނަ ބަދަލު ތަކަކާއެކު ކުޅުނު މެޗުގެ ލީޑް ނެގީ ރެއާލް މެޑްރިޑުންނެވެ. އެޑާ މިލިޓައޯ ލަނޑެއް ޖަހައި މެޑްރިޑުން ކުރި ހޯދިއެވެ. އެލްކޮޔާނޯ އިން ނަތީޖާ ހަމަހަމަ ކުރީ ސޮލްބެސް ކާމިޔާބުކުރި ލަނޑުންނެވެ.

ނަތީޖާ އެއްވަރުވެގެން ކުޅުނު އިތިރުވަގުތު ނިމެން ފަސްމިނިޓަށް ވެފައިވަނިކޮށް އެލްކޮޔާނޯ މެޗު މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ކަސަނޯވާއެެވެ. ސްޕެއިންގެ ޑިވިޝަންބީގައި ކުޅެމުންދާ އެލްކޮޔާނޯ ރޮމަން ލޮޕޭޒްއަށް ވަނީ އިތުރުވަގުތުގެ ފަހުހާފުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. ވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި ތައްޓެއް ހޯދުމަށް އޮތް ފުރުސަތުގެ ގެއްލިގެން ދެ މުބާރާތަކުން ރެއާލް މެޑްރިޑް މިވަނީ ރޭގެ ނަތީޖާއެކު ކަޓާފައެވެ.

މިމެޗުން ބަލިވުމުން ޕްރެޝަރުގެ މެޑްރިޑްކޯޗު ޒިދާން އެކު ހުސްވި ސީޒަނުގެ ލަލީގާ ކާމިޔާބު ކުރި ނަމަވެސް މިވަގުތުގެ ރެއާލްމެޑްރިޑް އޮތީ ދެމެޗުން މަދުން ކުޅެފައިވާ އެއްވަނައިގަ އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގައިއެވެ. ކޮޕަ ޑެލްރޭ މުބާރާތް 19 ފަހަރު ކާމިޔާބުކޮއްފައިވާ މެޑްރިޑު މުބާރާތުގެ ތަށީގައި އަތް ނުލެވޭތާ މިހާރު ހަތް އަހަރުވެއްޖެއެވެ. 1993 ވަނަ އަހަރުފަހުން މި މުބާރާތް މެޑްރިޑަށް ކާމިޔާބުކުރެވިފަވަނީ އެންމެ ދެފަހަރުއެވެ. މިއީ ތިންވަނަ ޑިވީޝަނުގެ ޓީމެއްގެ އަތުން މި މުބާރާތުން ބަލިވެ އަލްވަދާއު ކިޔަންޖެހުނު ފަސްވަނަ ފަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.