ލީޕްޒިގް މޮޅުވެ ދެވަނައިގަ ލީޑް ދަމަހައްޓައިފި

ލީޕްޒިގް މޮޅުވެ ދެވަނައިގަ ލީޑް ދަމަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 08:07
0

ޖަރުމަނު ބުންޑަސްލީގަގައި ލީޕްޒިގް މޮޅުވެ ތާވަލުގެ ދެވަނަ ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ލީޕްޒިގް މޮޅުވީ ޔޫނިއަން ބާލިން އަތުން 1-0 ލަނޑުންނެވެ. މެޗުގައި ލީޕްޒިގުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮއްދިނީ އިމިލް ފޯސްބާގްއެވެ. ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފްރެއިބާގް އެންޓްރެޗް ފްރެންކްފާޓް ބައްދަލު ކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އަރްމީނިޔާ ބެއިލަފީލްޑް ވަނީ ސްޓްރުޓްގާޓްގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ.

ބަޔާން މޮޅުވެ އެޓީމުން ވަނީ ތާވަލުގެ އެއްވަނައިގަ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ބަޔާން އެއްވަނައިގަ އޮތީ 17 މެޗުން ހޯދި 39 ޕޮއިންޓާއެކުއެެވެ. ލީޕްޒިގް ދެވަނައިގަ އޮތީ 35 ޕޮއިންޓް ހޯދައިގެންނެވެ. ބަޔާ ލެވަކޫސަންއަށް ތިންވަނަ ލިބެނީ 32 ޕޮއިންޓާއެކުއެވެ. ލީގުގެ ހަތަރުވަނައިގަ އޮތް ބުރޫޝިޔާ ޑޯޓްމަންޑްއަށް ލިބެނީ 29 ޕޮއިންޓެވެ. މިއަދަދަށް ފަސްވަނާގައިވާ ވުލްފްބާގްއިން ވެސް ވަނީ ޕޮއިންޓް ހޯދައިފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.