ކައުންސިލް އިންތީޚާބު ބޭއްވުމަށް ޚާއްސަ ޤާނޫނަށް ގެންނަންޖެހޭ ޤާނޫނީ ހައްލު ހޯދުމަށް މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވެ މެދުކަނޑާލުމަށްފަހު ޖަލްސާ ފަށައިފިއެވެ.
މިއަދު ޖަލްސާގައި އޮތީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ހުށަހެޅި ބިލުގެ ރިޕޯޓަށް ބަހުސްކޮށް ރިޕޯޓު މަޖިލީހުން ފާސްކުރުމެވެ. މިއަދުގެ ޖަލްސާއަށް ގަޑިއަށް ހާޒިރުވި މެމްބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވާފަ އެވެ. މިއަދު މަޖިލީހަށް އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރެއްވެސް ހާޒިރު ނުވާ ކަމަށް އީވާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު މެއި 10 ވަނަ ދުވަހުގެ ކުރިން ނުބޭއްވޭ ހާލަތެއް ކުރިމަތިވާ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭގޮތަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދަނީ މި ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާއެވެ.
ކޮމެންޓު ފޮނުވާ