ދަރުބާރުގެ ކައިރީގައި ހުންނަ ބަސް ސްޓޮޕެއްގައި ހަރުކޮށްފައި ހުރި ޓީވީއެއް ވަގަށް ނެގި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ހުދު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން ހުރި އެ މީހާ ފުރަތަމަ ބަސް ސްޓޮޕުން ބޭރުގައި ހުރެ ފޯނުން ވާހަކަ ދައްކައެވެ. އަދި އިރުކޮޅެއް ފަހުން، ސްޓޮޕް ތެރޭގައި އެހެން މީހުން ވެސް ތިއްބައި، އެ ތަނުގައި ހަރުކޮށްފައި ހުރި ދެ ޓީވީގެ ތެރެއިން އެއް ޓީވީ ނައްޓާލައިގެން ގެންދާ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ އެއީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށާއި، އޭނާއަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، 9400053 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ