ސަރުކާރުގެ ކުންފުނިތައް އަލުން ބައްޓަން ކުރުމުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، ފެނަކައިން ދެމުން އަންނަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ދަށަށް، އަދި އާރްޑީސީގެ މަގު ހެދުމުގެ މަސައްކަތްތައް
ސަރުކާރު ކުންފުނިތައް އަލުން ބައްޓަން ކުރުމުގެ ފުޅާ މަސައްކަތުގެ ދަށުން، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސަބްސިޑިއަރީއަކަށް ބަދަލުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
މި ބަދަލުތަކުގައި ބައެއް ކުންފުނިތައް އުވާލުމާއި، އަނެއް ބައި ކުންފުނިތައް ހިންގާ ގޮތް ބަދަލު ކުރުން ހިމެނެއެވެ. އެގްރޯނެޓަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިފްކޯއާއި އެގްރޯނެޓް ގުޅިގެން މަސައްކަތް ކުރުމުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މި އިންތިޒާމުގެ ސަބަބުން އެގްރޯނެޓްގެ ވިޔަފާރި ފުޅާ ކުރުމަށާއި، ކާނާގެ ރައްކާތެރިކަމުގެ އަމާޒުތައް ޙާޞިލްކުރުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާ ކުރުމަށް ފަސޭހަވެގެންދާނެ ކަމަށާއި، މިއީ ޢާންމުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަނޑުވެރިންނާއި މަސްވެރިންނަށް ޚާއްޞަކޮށްގެން މާލޭގައި ތަރައްޤީ ކުރަމުން އަންނަ އާ މާރުކޭޓް ހިންގުމުގެ ޒިންމާ ވެސް މިފްކޯއާ ހަވާލު ކުރެވޭނެއެވެ.
ރައީސް ވިދާޅުވީ މާރުކޭޓް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، ވިޔަފާރިވެރިންނާއި ޢާންމުންނަށް އެންމެ ފައިދާ ބޮޑު ގޮތަށް މެނޭޖްކުރެވޭނެ ކަމަށެވެ. މާރުކޭޓު ހިންގުމުގެ ޒިންމާ ސަރުކާރުން ހަވާލު ކުރާނީ މިފްކޯއާއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އަންނަ އަހަރުގެ ޑިސެންބަރު 10 ގެ ކުރިން މާރުކޭޓް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، ނުވަތަ އެގްރޯނެޓަކީ 2020 ވަނަ އަހަރު ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީ ކުރުމަށާއި ފުޅާ ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު އަމާޒަކީ ދަނޑުވެރިން ހައްދާ ތަކެއްޗަށް އެކަށީގެންވާ އަގު ހޯދައިދިނުމާއި، ދަނޑުވެރިންގެ ތަކެތި މާރުކޭޓަށް ފޯރުކޮށްދިނުމަށް އެހީވުމެވެ.
ދަނޑުވެރިކަމުގެ ވިޔަފާރިއަށް ބޭނުންވާ ފަންނީ އަދި އިދާރީ ޤާބިލްކަން ތަރައްޤީ ކުރުމަކީ ވެސް ކުންފުނީގެ އަމާޒެކެވެ.
ކޮމެންޓު ފޮނުވާ