ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު، 20 އަހަރަށްވުރެ ގިނަ ދުވަހު ފަނޑިޔާރުކަން ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު މިއަދު އެ މަގާމުން ވަކިވެވަޑައިގެންފިއެވެ.
މާހިރު ފަނޑިޔާރުކަމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު މެއި 23، 2010 ގައި ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެން، އޮކްޓޫބަރު 13، 2022 ގައި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް ހަމަޖެއްސެވިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި މާހިރު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް ނިންމެވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މާހިރު ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 10 އަކަށް ދަށްވެފައިވާއިރު، ގާނޫނުގައި ވަނީ ފަނޑިޔާރުންގެ އަދަދަކީ 11 ކަމަށެވެ. ނަމަވެސް، ގާނޫނު އިސްލާހުކޮށް އެ އަދަދު ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ