ފާއިތުވި ހަފްތާގައި ރާއްޖޭގައި 29 ކުއްލި ހާދިސާއެއް، އެންމެ ގިނައީ އަލިފާނުގެ ހާދިސާ

ފާއިތުވި ހަފްތާގައި ރާއްޖޭގައި 29 ކުއްލި ހާދިސާއެއް، އެންމެ ގިނައީ އަލިފާނުގެ ހާދިސާ

Author
އަހުމަދު
06 ސެޕްޓެމްބަރ 2026 08:37
0

ފާއިތުވި ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 29 ކުއްލި ނުރައްކަލުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އޮގަސްޓް 30 އިން ސެޕްޓެމްބަރު 5 އަށް ނިމުނު ހަފްތާގެ ރިޕޯޓު ދައްކާ ގޮތުގައި، މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން 12 އަލިފާނުގެ ހާދިސާއަކާއި، 11 ހަޒްމަތު ހާދިސާއެއްގެ އިތުރުން، 4 މެޑިކަލް އެވެކުއޭޝަން އަދި މީހުން ސަލާމަތްކުރުމުގެ 2 ހާދިސާއެއް ވެސް އެ މުއްދަތުގައި ހިނގާފައިވެއެވެ.

ސަރަހައްދުތަކުގެ ގޮތުން ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓު ކުރެވިފައިވަނީ މާލޭ ސަރަހައްދުންނެވެ. މާލޭ ސަރަހައްދުން 26 ހާދިސާއެއް، ސަދަން އޭރިއާއިން 2 ހާދިސާއެއް އަދި ނޮދަން އޭރިއާއިން 1 ހާދިސާއެއް ރިޕޯޓު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.