މާލޭގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 9 ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

މާލޭގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 9 ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 01:04
0

މާލޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 9 ބަންގްލަދޭޝް ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ހައްޔަރުތައް ކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. ފާއިތުވި އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާލޭގައި ހިންގަމުންދާ ގެސްޓްހައުސް އަކަށް ވަދެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރެވުނު 9 މީހުންނަކީ ތައުހީދުލް އިސްލާމް (35)، މޮނީރު ބެޕާރީ (37)، ޖާކިރު މުންޝީ (46)، އެމްޑީ އަބޫ ޒަބެރު ޕްރަމާނިކް (37)، އެމްޑީ އުސްމާން (23)، މުހައްމަދު ބާބްލޫ އަލީ (34)، އެމްޑީ ރައިހާން (32)، އައްފްރާނުލް ހޮގު އާޝިކް (34) އަދި މުހައްމަދު ރާކިބް ހޮސެއިން (30) އެވެ.

ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، މި އެންމެން ވެސް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ބިދޭސީންގެ އަދަދު ފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މީގެ ތެރެއިން ގިނަ ބަޔަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.