ވެސްޓް ބޮރޯމްއާއެކު އެލަޑައިސްގެ ފުރަތަމަ މޮޅު

ވެސްޓް ބޮރޯމްއާއެކު އެލަޑައިސްގެ ފުރަތަމަ މޮޅު

Author
އިބްރާހީމް ސާޢިދު
17 ޖެނުއަރީ 2021 11:35
0

އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ވުލްވަރހެމްޓަން ވޮންޑަރަރސް ބައްދަލުކުރިމެޗް ވެސްޓް ބްރޮމް ކާމިޔާބުކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ވެސްޓް ބްރޮމް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު 2 ލަނޑުންނެވެ. ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސްޓް ބްރޮމްގެ މެތިއު ޕެރެއިރާ އެވެ. ނަމަވެސް ވުލްވްސްއިން ވަނީ އެޓީމްގެ ކުޅުން ރަގަޅުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަރަށް ގާތް ގާތުގައި ދެ ލަނޑު ޖަހާ މެޗްގައި ލީޑު ނަގާފައެވެ. މިދެ ލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ 38 ވަނަ މިނެޓްގައި ފާބިއޯ ސިލްވަރ އާއި 43 ވަނަ މިނެޓްގައި ވިލީ ބޮލީއެވެ.

މިމެޗްގައި ވެސްޓް ބްރޮމްއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 52 ވަނަ މިނެޓްގައި ސެމީ އަޖާޔީއެވެ. އަދި އެޓީމް މޮޅުވި ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުވެސް ޖަހާދިން ޕެރެއިރާއެވެ. މިއީ ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމް މިސީޒަންގައި މޮޅުވި ދެވަނަ މެޗެވެ. އަދި އެޓީމްގެ ކޯޗު ކަމާއި ސޭމް އެލެޑައިސް ހަވާލުވިފަހުން މޮޅުވި ފުރަތަމަ މެޗެވެ. ހަމައެއާއެކު މިއީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރަށުން ބޭރުގައި ވެސްޓް ބްރޮމްއަށް ތިންލަނޑު ޖެހުނު ފުރަތަމަ ފަހަރުވެސްމެއެވެ.

މި ނަތީޖާއެކު ވެސްޓް ބްރޮމް އޮތި ކުޅުނު 18 މެޗުން ލިވިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.