ފްރާންސް ލީގުގައި އެންގާސްގެ މައްޗަށް ހޯދި މޮޅާއެކު ލީގުގެ އެއްވަނައަށް ޕީއެސްޖީ ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެވަނަހާފްގައި ކާމިޔާބުކޮށްދިނީ ޑިފެންދަރު ލެވިން ކުރްޒަވާއެވެ. ރޭގެ މެޗުގައި އެޓީމުގެ ކޯޗު މައުރީސިޔޯ ޕޮޗެޓީނިޔޯ ކޮރޯނާ ވައިރަސްއަށް ޕޮޒެޓިވްވެ މިވަގުތު ހުރީ ޓީމާ ދުރުގައި އެކަހެރިވެގެންނެވެ.
އެންމެފަހުން ލީގުގައި ޕީއެސްޖީ ކުޅުނު 7 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ލިގުގައި މޮނާކޯ ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ހަތަރުވަނައަށް ކުރިޔަށްޖެހިލާފައެވެ. އޮލިންޕިކް މާސޭ އެޓީމު ކުޅުނު މެޗުން ބަލިވިއިރު އެޓީމު އޮތީ ތާވަލުގެ 6 ވަނައަގައެވެ. މި ނަތީޖާ އެކު ޕީއެސްޖީ އެއްވަނައަށް އެރީ ދެވަނާގައިވާ ލިޔޯންއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ޕީއެސްޖީއަށް 20 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ