ނަތީޖާތައް ގޯސްވުމުން އީގަލްސްއިން މޯހަން ދޫކޮށްލައިފި

ނަތީޖާތައް ގޯސްވުމުން އީގަލްސްއިން މޯހަން ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 10:43
0

ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފި އެވެ.

އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯހަންއާ އެކު ދެކެވުނު ވާހަކައިގައި އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މި ވަގުތު ކޮންޓްރެކްޓް އުވާލުން ކަމަށްވާތީ އެ ގޮތަށް ކުރިއަށްދާން ނިންމީ ކަމަށެވެ. އީގަލްސް އިން ވަނީ މޯހަން އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އީގަލްސް މި ވަގުތު އޮތީ ހަތް ވަަނައިގަ އެވެ. މޯހަން އީގަލްސް އަށް ކޯޗުކޮށްދިން ފަހު މެޗަކީ  ކްލަބް ގްރީން ސްޓްރީޓްސް އަތުން 4-1 އިން ބަލިވި މެޗުގަ އެވެ. މި ފަހަރު ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ވަނީ ކްލަބާ އެކު އޭނާ މި ސީޒަނުގެ ނިޔަލަށް މަޑުކުރަން ޓީމުގެ މެނޭޖްމަންޓުން ވެސް އެދިފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ހާލަތު ބަދަލުވަމުން އަންނަ ގޮތަކުން ޓީމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާފައި ކްލަބް ދޫކޮށްލުމަކީ ވެސް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ގޮތަކަށް ނިންމާނެ ނިންމުމެއް ކަމަށް މޯހަން ބުނެފައިވެއެވެ.

އީގަލްސްއިން މަސައްކަތް ކުރަމުންދަނީ އެޓީމުގެ ކޯޗުކަމަށް ބިދެސީ ކޯޗެއް ގެނައުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.