ދިވެހިރާއްޖެއިން އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ހާލިދު ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ޖަމީލާގެ ނަން މަޖިލީހަށް ހުށަހެޅުމުން، މިއަދު އެ މައްސަލަ ދިރާސާކުރުމަށް ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރަކަށް އެންމެ ފަހުން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު ކެބިނެޓުގެ ގިނަ ވަޒީރުންތަކެއް އިސްތިއުފާދެއްވުމުން، އިރުތިޝާމް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވެ އެވެ. ޚާރިޖީ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން، ސަފީރުކަމުގެ މަގާމު ވަނީ ހުސްވެފަ އެވެ.
ޖަމީލާ މީގެކުރިން ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއިން ބެލްޖިއަމަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމު އަދާކުރައްވާފައިވެ އެވެ. މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަން ވެސް ޖަމީލާ ކުރައްވާފައިވެ އެވެ.
ކޮމެންޓު ފޮނުވާ