ކެންސަރު ބައްޔަށް ދޭ ބޭހެއްގެ ނަކަލު ބެޗެއް ރާއްޖެ އެތެރެކޮށްފައިވާތީ، އެ ބޭސް ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓެއްގައި ބުނެފައިވަނީ، ނަކަލުކޮށްފައިވަނީ އޮޕްޑީވޯ ބްރޭންޑުގެ ނިވޯލުމެބް އިންޖެކްޝަންގެ ބެޗު ނަންބަރު 8081399 ކަމަށެވެ. މި ބޭހަކީ އަޔަލޭންޑުގެ ބްރިސްޓޮލް މެޔާސް ސުކުއިބް ކްރޫޒަރާތު ބަޔޮލޮޖިކްސް އިން އުފައްދާ ބޭހެއް ނަމަވެސް، އޭގެ އަސްލާ އެއްގޮތަށް ހަދާފައިވާ ބެޗެއް ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
މިއާއެކު، މި ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ