"ކުރަފި ޕާޓީ"ގެ ޕްރެޝަރަށް އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

"ކުރަފި ޕާޓީ"ގެ ޕްރެޝަރަށް އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
25 ޖުލައި 2026 07:36
0

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދްރަ ޕްރަދާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. މިއީ 'ކުރަފި ޕާޓީ’ގެ ނަމުން މަޝްހޫރު ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން މަގުތަކަށް ނުކުމެ ކުރަމުން ދިޔަ މުޒާހަރާތަކުގެ ޕްރެޝަރު ތަހައްމަލު ނުކުރެއްވިގެން ނިންމެވި ނިންމެވުމެކެވެ.

ޕްރަދާނާ ދެކޮޅަށް ރައްޔިތުން ނުކުތީ މިދިޔަ ޖޫން މަހު، ޑޮކްޓަރުކަން ކިޔެވުމަށް ބާއްވާ ނީޓް އިމްތިހާނު ހިމެނޭ ގޮތަށް ބޮޑެތި ގިނަ އިމްތިހާނުތަކެއްގެ ޕޭޕަރުތައް ލީކުވި ފަހުންނެވެ. ދަރިވަރުންނާއި ބެލެނިވެރިން ބުނާ ގޮތުގައި މި މައްސަލައިގެ ފަހަތުގައި ވަނީ ބޮޑު ކޮރަޕްޝަނެއް ކަމަށާއި، މުޅި ނިޒާމުން އިންސާފު ގެއްލިފައިވާ ކަމަށެވެ. ޕޭޕަރުތައް ލީކުވުމުގެ ސަބަބުން ދަރިވަރުންނަށް ދިމާވި ނަފްސާނީ ފިއްތުންތަކުގައި، ބައެއް ދަރިވަރުން ވަނީ އަމިއްލަ ފުރާނަ ދުއްވާލައިފަ އެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރިން ވިދާޅުވަމުން ގެންދެވީ ދަރިވަރުންގެ ޝަކުވާތައް އަޑުއައްސަވާ ކަމަށާއި، މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ނަމަވެސް މުޒާހަރާތައް ދުވަހެއް ދުވަހަކަށް ވަރުގަދަވެ، މަޝްރަހު ސަރުކާރުގެ އަތުން ދޫވާން ފެށުމުން، ޕްރަދާން އިސްތިއުފާގެ ސިޓީ ބޮޑުވަޒީރަށް ހުށަހެޅުއްވީ އެވެ.

ސީޖޭޕީގެ ޑިމާންޑް ހަމައެކަނި މިނިސްޓަރުގެ އިސްތިއުފާއަކުން ނުނިމޭ ކަން ފާހަގަކުރެވެ އެވެ. އެ ޕާޓީން ސަރުކާރަށް ގޮވާލަނީ އިމްތިހާނު ބޭއްވުމުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށާއި، މި ހާދިސާގައި ދަރިން ގެއްލުނު އާއިލާތަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށެވެ. މިހާރު އެންމެންގެ ލޯ ހުއްޓިފައި ވަނީ، ދެން މޯދީގެ ސަރުކާރުން އިންޑިއާގެ ތައުލީމީ ދާއިރާއަށް ގެންނާނީ ކޮން ބަދަލުތަކެއްތޯ ބެލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.