ހުޅުމާލޭ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރު 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލުން ދީފައި ވަނީ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތަށެވެ.
މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސްކިތަށް ވަންނަ މައި ދޮރުގެ ދެ ހިސާބަކުން ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފައެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މާލޭގައި ވެސް މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެ، އެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ.
ކޮމެންޓު ފޮނުވާ