ޗެއާޕާސަންގެ މަގާމުގައި ހުރެ ރިޔާސީ ރޭހަށް ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން: ނަޝީދު

ޗެއާޕާސަންގެ މަގާމުގައި ހުރެ ރިޔާސީ ރޭހަށް ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން: ނަޝީދު

Author
އަހުމަދު
05 ޖުލައި 2026 07:55
0

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުރެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޔާސީ ޓިކެޓަށް ވާދަނުކުރެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެ މަގާމުގައި ހުރެ ރިޔާސީ ރޭހަށް ނުކުތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އެމަނިކުފާނު ނުދެކޭކަމަށް ވިދާޅުވިއެވެ. މިއީ އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހެއް ގެންނަން އުޅޭކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވި ވާހަކަފުޅެކެވެ.

އަންނަ ސެޕްޓެމްބަރު މަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރަމުން އަންނައިރު، ބޮޑު އަގުލަބިއްޔަތަކުން ނަޝީދު ޗެއާޕާސަން ކަމަށް ވަޑައިގަތުމާއެކު އެމަނިކުފާނު ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް، ރައީސް ނަޝީދު ގެންދަވަނީ މި ވާހަކަތައް ތަކުރާރުކޮށް ދޮގުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.