ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ދެވަނަ ބުރުގެ ރޭކުޅުނު ފަހު މެޗުގައި ސެކަންޑް ހޯމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ރިވެލި ރިޓްރީޓުން ކާމިޔާބު ކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ރިވެލި ރިޓްރީޓުން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 4 ލަނޑުންނެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ލަޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިފައިވެއެވެ. މެޗުގައި ރިވިލި ރިޓްރީޓަށް ގޯލު ޖަހައިދިނީ ހަސަން ހަމީދު އާއި، އިބްރާހިމް މުފީދެއެވެ. މިދެ ކުޅުން ތެރެއިން ކުރެ ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ދެ ގޯލު ޖަހާފައެވެ. މެޗުގައި ސެކަންޑް ހޯމް ރެސްޓޯރެންޓަށް ގޯލްތައް ޖަހައި ދިނީ ހުސެއިން ނަޝީދު އާއި، ފިޒާން އަދި ރިފާހު އެެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ރިވެލި ރިޓްރީޓަށް ދެގޯލް ކާމިޔާބު ކޮށްދީ މެޗުގައި މޮޅު ކުޅުމެއްދެއްކި ހަސަން ހަމީދު އެވެ. މިނަތީޖާއާއިއެކު ސެކަންޑް ހޯމްވަނީ ލީގުގެ އެންމެ ފުލަށް ވެއްޓިފައެވެ. ސެކަޑް ހޯމް ރެސްޓޯރެންޓް ޓޭބަލްގެ ފުލުގައި އޮތީ 3 ޕޮއިންޓާއިއެކުގައެވެ. މިމެޗުން މޮޅުވި ރިވެލި ރިޓްރީޓްވަނީ 6 ޕޮއިންޓާއިއެކު ޓެބަލުގެ 3 ވަނަ އަށް ޖެހިލާފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.
މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ.
ކޮމެންޓު ފޮނުވާ