ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ދެވަނަ ބުރުގައި ރޭކުޅުނު މެޗު ވޭލިއަންޓުން ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި އޮތް ވެލި ބީޗާއި ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ ވެލި ބީޗާއި ދެކޮޅަށް ކުޅު މެޗު ވޭލިއަންޓުން ކާމިޔާބު ކޮށްފައިވަނީ 2 – 0 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި މިހާތަނަށް މޮޅުވުމުގެ ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓަމުންދިޔަ ވެލި ބީޗު ލީލުގައި ބަލިވި ފުރަތަމަ މެޗެވެ. މިމެޗުގައި ވެލިބީޗަށް ހުއްޓުވަން އުދަގޫވީ ވޭލިއަންޓުގެ އަލްސަންއެވެ. އެނާވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ދެގޯލް ކާމިޔާބް ކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީވެސް އަލްސަން އެވެ.

މިމޮޅާއިއެކު ވޭލިއަންޓު ވަނީ އެއްވާނާގައި އޮތް ވެލި ބީޗާއި، 3 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އެއްވަނާގައި ވެލި ބީޗު އޮތީ 12 ޕޮއިންޓާއިއެކުގައެވެ. ވޭލިއަންޓު އޮތީ 9 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނާގައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.
މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ.
ކޮމެންޓު ފޮނުވާ