ސީޝެލްސްގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ

ސީޝެލްސްގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ

Author
އަހުމަދު
26 ޖޫން 2026 10:16
0

ސީޝެލްސްގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސީޝެލްސްގެ ރައީސް ޑރ. ޕެޓްރިކް ހާމިނީގެ ޚާއްސަ ދައުވަތަކަށް މޯދީ ކުރައްވާ މި ދަތުރުފުޅަކީ 2015 ވަނަ އަހަރަށްފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފުރިހަމަކަން ގެނެސްދިނުމުގެ ގޮތުން އިންޑިއާގެ އަސްކަރީ ޚާއްސަ ވަފްދެއްގެ އިތުރުން ކަނޑުގެ ސިފައިންގެ ދެ މަނަވަރެއް ވެސް ސީޝެލްސްއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޒިޔާރަތުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރައީސް ހާމިނީއާއެކު މޯދީ މަޝްވަރާކުރައްވާނެއެވެ. އަދި މީގެ އިތުރުން ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު ތަގުރީރުކުރެއްވުމަށް ވެސް ވަނީ ޝެޑިއުލްކުރެވިފައެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ގެންގުޅޭ 'ވިޝަން މަހާސާގަރު' ސިޔާސަތުގައި ސީޝެލްސްއަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އާލާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.