ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އޭރު އެކުލަވާލި ކޯލިޝަންގައި ކުރެއްވި މަަސައްކަތާއި، ދެއްކެވި ވާހަކަތަކުގެ މަތީން ހަދާންވާނަމަ މިއަދު ޑރ.ޖަމީލް ރައީސް ޔާމީން އަށް ތާއީދުކޮށް ވާހަކަ ދައްކަން ޖެހޭ އެއްވެސް ނުވިސްނޭ ކަމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ޑރ.ޖަމީލް ދެއްކެވި ވާހަކަކޮޅެއް ހިއްސާކުރައްވައި އަލީ އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަންވެސް މިއަދު ނިމިފައިވާކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ނިމި ވެރިކަމުގައި ޑރ.ޖަމީލާއިމެދު އަމަލު ކުރެއްވި ގޮތާއި، ޑރ.ޖަމީލް ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެއްވުމަށް ދެއްކެވި ވާހަކަތަކާއި ކުރެއްވި މަސައްކަތް ހަދާންވާނަމަ މިއަދު މިމަސައްކަތް ކުރުމަށް ޑރ.ޖަމީލް ދަލު ނުގަނޭތޯ އާޒިމް ވަނީ ސުވާލު ކުރައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަންވެސް ވަނީ ނިމިފަ. ރައީސް ޔާމީންއަށް ތާއީދު ކުރަންވީ އެއްވެސް ސަބަބެއް ނެތް. ޑރ.މުހައްމަދު ޖަމީލު އަހުމަދު އަޅެ، ކުޑަކޮށްވެސް ލަދެއް ނުގަނޭތޯ؟
– އަލީ އާޒިމް ވިދާޅުވިއެވެ.
"Raees Yameen ge verikan mihaaru vanee nimifa. Raees Yameen ah thaaeedh kuranvee ehves sababeh neiy" @MJameelAhmed ?♂️ alhe kudakohves ladheh nuganeytho? pic.twitter.com/rsoAD8FTGz
— ??? ???? (@aliaazim) January 14, 2021
ޑރ.ޖަމީލް އަލީ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ފުރަތަމަ ނާއިބް ރައީސެވެ. ޑރ. ޖަމީލު ނާއިބް ރައީސްގެ މަޤާމުން ވަކިކޮށްފައިވަނީ 2015 އަހަރުގެ ތެރޭގައެވެ. އެފަހުން ޖަމީލް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ބޭރުގައި ހުންނަވައި ޑރ.ޖަމީލް ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އޭރު އެކުލަވާލެވުނު ކޯލިޝަންގެ އިސް މަޤާމެއްވެސް ޑރ.ޖަމީލް ވަނީ ފުރުއްވާފައެވެ. ޑރ.ޖަމީލުވަނީ ރައީސް ޔާމީންގެ ނާއިބުގެ މަގާމުން ދުރުކުރެއްވި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި އެމައްސަލަ މިހާރުވެސް ކުރިއަށް ގެންދަވަމުންނެވެ.
ކޮމެންޓު ފޮނުވާ