އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ އެއްވަނަ ދުވަހުއެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާއިރު، ތުހުމަތުކުރެވޭ ފުލުސްމީހާއާ ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ވެސް އަންނަނީ ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ