ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 951,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި މަހުގެ ދޭއްގެ ނިޔަލަށް 951,222 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 992,225 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މިއަހަރުގެ ކުރީކޮޅު ދަށްވި ނަމަވެސް، މިހާރު މި އަދަދުތައް އަންނަނީ އަލުން މައްޗަށް ޖެހެމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގައުމުން 144,931 މީހުން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިއާއިން 126,712 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 80,580 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި މިވަގުތު 1,284 ތަނެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، މި ތަންތަނުގައި ޖުމްލަ 67,000 އަށްވުރެ ގިނަ އެނދު ހުރިކަމަށް ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ