ލޮޕެޓެގީގެ އެެއްބަސްވުން އާކޮށްފި

ލޮޕެޓެގީގެ އެެއްބަސްވުން އާކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 02:11
0

ސެވިއްޔާއާއެކު ހަދާފައިވާ އެއްބަސްވުން އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ އާކޮށްފިއެވެ.

ސެވިއްޔާގެ އެއްބަސްވުން އާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ސެވިއްޔާގެ އެއްބަސްވުން ލޮޕެޓެގީ އާކުރިއިރު، 2019 ވަނަ ސެވިއްޔާއާ ހަވާލުވި ލޮޕެޓެގީ މީގެ ކުރިން ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ 2022 ވަނަ އަހަރުގެ ހޫނު މޫސމުގެ ނިޔަލަށެވެ. ސްޕެއިނުގެ ގައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދު ދިން ލޮޕެޓެގީ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފެށުމުގެ ކުރިން ރެއާލް މެޑްރިޑާ ހަވާލުވާން އެއްބަސްވެފައެވެ.

އެއާއެކު ރަޝިއާގައި ލޮޕެޓެގީ ހުއްޓައި، މުބާރާތް ފެށުމުގެ ކުރިން ސްޕެއިނުން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން ރެއާލާ ހަވާލުވެ އެ ޓީމުގައި ލޮޕެޓެގީ ހޭދަކޮށްފައިވަނީ އެންމެ ހަތަރު މަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.