ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 907،913 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވިފައިވާ މި އަދަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.5 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މި ހިނގާ މެއި މަހުގެ ތެރޭގައި އެކަނިވެސް 106،477 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގައުމުން 139،584 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން 120،019 މީހުން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 78،405 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އަހަރުގެ މިހާތަނަށް ވިޔަފާރީގެ ބޭނުމަށް 6،259 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ކްރޫޒް ލައިނާތަކުގައި 13،808 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.
ކޮމެންޓު ފޮނުވާ