ޕާކްވޮލީ މުބާރާތެއް ބާއްވަނީ

ޕާކްވޮލީ މުބާރާތެއް ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 02:06
0

"މައި ހުޅުމާލެ ޕާކްވޮލީ  ޗެމްޕިއަންޝިޕް" ގެ ނަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ޕާކް ވޮލީ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މަހު 21 އިން 23 އަށް ހުޅުމާލެ ޔޫތު ޕާކް ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވީ ނަމަވެސް ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށް ފަހު އެ މުއްދަތު އިތުރުކުރުމުގެ ވިސްނުން އެޗްޑީސީން ގެންގުޅެއެވެ.

މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޓީމުތަކަށް ބައިވެރިވެވޭނެ އެވެ. އެ ގޮތުން ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިންގެ ނަން ޖެހޭއިރު، އުސޫލެއް ކަނޑައަޅާފައިވަނީ ފިރިހެން ޓީމުތަކަށް އެކަންޏެވެ. ފިރިހެން ޓީމުތަކުގައި 35 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކާއި 45 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ޖަހަން ޖެހެ އެވެ. އަންހެން ޓީމުތަކުގައި ކުޅުންތެރިންގެ ނަން ޖެހުން ވަނީ ހުޅުވާލެވިފަ އެވެ.

މި މުބާރާތް ކުރިއަށްގެންދަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެހީތެރިކަމާ އެކު އެވެ. އަދި މުބާރާތުގައި އަމަލުކުރާނީ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ)ގެ ޕާކްވޮލީ ގަވާއިދާ އެއްގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.