ގެއްލުނު 4 ޑައިވަރުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނަގައިފި

ގެއްލުނު 4 ޑައިވަރުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނަގައިފި

Author
އަހުމަދު
19 މެއި 2026 04:12
0

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު، އެ މީހުން ޑައިވްކުރި ހޮހަޅަ ތެރެއިން މިއަދު ނަގައިފިއެވެ.

ކަމާގުޅޭ އިދާރާތަކުން މިކަން ޔަގީންކޮށްދީފައިވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ އައި ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ހަތަރު މީހުންގެ ހަށިގަނޑު ލޮކޭޓްކުރެވުނީ އިއްޔެއެވެ. މިއަދު ކުރި ޑައިވްގައި ދެމީހެއްގެ ހަށިގަނޑު ނަގާފައިވާއިރު، އަނެއް ދެމީހުންގެ ހަށިގަނޑު ނެގުމަށް އިތުރު ޑައިވްތަކެއް ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވިގޮތުގައި، ކޭވް ޑައިވިން ސްޕެޝަލިސްޓަކު ހިމެނޭހެން ފިންލޭންޑުގެ ތިން ޑައިވަރުން ރާއްޖެ އައީ މި އޮޕަރޭޝަނަށް ބޭނުންވާ ޚާއްސަ އާލާތްތަކާވެސް އެކުގައެވެ.

މި ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ވަނީ ހިތާމަވެރި ހާދިސާއަކާވެސް ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް މިމަހުގެ 16 ވަނަ ދުވަހު ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.