މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ތެލަށް ކުރާ ހޭދަ 58 އިންސައްތަ ބޮޑުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ތެލަށް ކުރާ ހޭދަ 58 އިންސައްތަ ބޮޑުވެއްޖެ

Author
އަހުމަދު
19 މެއި 2026 04:11
0

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދިވެހިރާއްޖެއިން ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ހަރަދު 58 އިންސައްތަ އިތުރުވެއްޖެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ދުވާލެއްގެ މައްޗަށް 8،000 ފީފާގެ ޑީސަލް އަންދަންޖެހޭ ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 2.9 މިލިއަން ފީފާގެ ޑީސަލެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ މައްސަލަތައް ފެށުމުގެ ކުރިން ރާއްޖެއިން ތެލަށް މަހެއްގެ މައްޗަށް ހޭދަކުރަމުން އައީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ މާޗު މަހާ ހަމައަށް ބަލާއިރު، އެ އަދަދު ވަނީ 116 މިލިއަން ޑޮލަރަށް އުފުލިފައެވެ.

މި ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް ތެލަށް ކުރަންޖެހޭ ހޭދަ އިތުރަށް ބޮޑުވުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ތެލުގެ އިސްރާފު ކުޑަކުރުމަށް އަހުމަދު އަލީ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ބޮޑެތި ހަރަދުތަކުން ސަލާމަތްވުމަށްޓަކައި އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ސަރުކާރުގެ މިހާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.