ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 2.3 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަނެފި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 2.3 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަނެފި

Author
އަހުމަދު
18 މެއި 2026 02:39
0

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިމަހުގެ 14 ވަނަ ދުވަހު މާލޭގެ ކޮމާޝަލް ހާބަރުން އަތުލައިގަނެފައިވަނީ ޖުމްލަ 2،304،200 ސިނގިރޭޓެވެ. މިއީ ސިއްރުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ އޮފިސަރުން ހުއްޓުވާފައިވާ ތަކެއްޗެވެ.

ފަހަކަށް އައިސް ސަރުކާރުން ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ޤަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުމަށް މަސައްކަތްކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މި މައްސަލަތައް ހުއްޓުވުމުގެ ގޮތުން ކަސްޓަމްސްއިން މިހާރު ވަނީ ބަނދަރުތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކޮށް، ރާއްޖެއަށް އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ މަސައްކަތްތައް ފުޅާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.